އައްޑޫ ސިޓީގެ ބައެއް އަވަށްތަކުގެ ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި ފޭދޫ އަށް ގެނެސްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭދޫ އަށް ގެނެސްފައިވަނީ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ތަކެއްޗެވެ.
ނަރުދަމާ ގާއިމްކުރުމަށް ބޭނުންވާ ތަކެތި ގެނެސްފައިވާ އިރު، ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫގެ ނަރުދަމާގެ މަސައްކަތް އެމްޓީސީސީގެ ފަރާތުން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.
ފޭދޫ،މަރަދޫ އަދި މަރަދޫފޭދޫގެ ނަރުދަމާގެ މަސައްކަތް އިފްތިތާހްކޮށްފައި ވަނީ ފާއިތުވި އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ.