އެކްސިޑެންޓެއް ނުވަތަ ކުށެއްގެ މައުލޫމާތު ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކުރުމަށް ހަދާނެ ގޮތް ނޭނގިގެން ތިބޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ. ޕޮލިސް ސްޓޭޝަނުގެ ނަންބަރު އެނގެނީ އެތައް ރައްޓެހިންނަށް ގުޅައިގެންނެވެ. ނުވަތަ އެންމެ ފަހުން އެމީހަކު ހުރިތަނަކުން ޕޮލިސް ސްޓޭޝަނަށް ގޮސްގެނެވެ.
ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި ކޮންމެ މީހެއްގެ އަތުގައި ވެސް ސްމާޓް ފޯނެއް އޮންނައިރު ޕޮލިސް ސްޓޭޝަނުގެ ނަންބަރު ފޯނުގައި ސޭވްކޮށްފައި ބޭއްވުމަކީ ވެސް ހަމަ ސްމާޓް ކަމެކެވެ. ތިމާއަށް ނުވަތަ އެހެން މީހަކަށް ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފަސޭހަކޮށްދެވުނީއެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަން: 9791612
ގަން ޕޮލިސް ސްޓޭޝަން: 9792058
ހުޅުމީދޫ ޕޮލިސް ސްޓޭޝާން: 9791366
ހިލޭ ގުޅޭ ނަންބަރު 119 އަށް ގުޅައިގެން ވެސް ފުލުހުންނަށް ކުށްތަކުގެ މައުލޫމާތު ރިޕޯޓް ކުރެވޭނެއެވެ. އަދި ފުލުހުންގެ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
އައްޑޫގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ނަންބަރުތައް ތިމާގެ ސްމާޓް ފޯނުގައި ސޭވްކޮށް އިތުރަށް ސްމާޓް ވެލެއްވުމަށް އެހެން މީހުންނާއި ވެސް ހިއްސާކުރައްވާށެވެ.