Last Updated: June 9, 10:37
Tuesday, June 9, 2026
ޚަބަރު

ރޮހިންޔާ މުސްލިމުންނަށް އެހީވާން ރާއްޖެ ޓީވީން ޓެލެތޯނެއް

މިޔަންމާގެ އަސްކަރިއްޔާ އިން ހިންގަމުންދާ ޤަތުލު އާއްމުގެ ޝިކާރައަކަށް ވެފައިވާ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް ރާއްޖެޓީވީން ޓެލެތޯންއެއް ބާއްވަން ނިންމައިފި އެވެ.

'ރާއްޖެޓީވީ" އިން މައުލޫމާތު ދޭ ގޮތުގައި މި ޓެލެތޯންގެ މަޤްޞަދަކީ ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ ސިފައިން ހިންގަމުން ގެންދާ ލާ އިންސާނީ އަނިޔާވެރި އަމަލު ތަކާއި ދެކޮޅު ހެދުމާއި، މިކަމުގެ ސަބަބުން ހާލުގައި ޖެހެމުންދާ އެތައް ލައްކަ މުސްލިމުންނަށް އެހީވުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 24 ގަޑިއިރަށް ދެމިގެންދާ މި ޓެލެތޯން ކުރިއަށް ގެންދާނީ ސެޕްޓެމްބަރ މަހުގެ 8 ވާ ހުކުރު ދުވަހުގެ 2:30 އިން ފެށިގެންނެވެ.

"ރާއްޖެޓީވީ" އިން މިހާރު ވަނީ ކުންފުނިތަކުންނާއި، ޖަމިއްޔާ ޖަމާއަތްތަކުން މި ޓެލެތޯންގެ ޕާޓްނަރުންނަށް ވުމުގެ ފުރުޞަތު ހުޅުވާލާފައެވެ.