Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

ގެސްޓް ހައުސް އެވޯޑަށް ނަން ހުށަހެޅުން މިމަހުގެ ނުވައަކަށް

މޯލްޑިވްސް ޓްރެވަލް އެވޯޑްސް (މަޓާޓޯ) ގެ ގެސްޓް ހައުސް އެޑިޝަނަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

މަޓާޓޯ އިން މައުލޫމާތު ދޭ ގޮތުގައި ގެސްޓްހައުސް އެޑިޝަނަށް 15 ދާއިރާއަކުން ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މީގެ އިތުރުން މަޓާޓޯ އިން ބުނީ ގެސްޓްހައުސް އެވޯޑަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާގައި ހިދުމަތް ދޭތާ އެއް އަހަރު ވާން ޖެހެ އެވެ.

ގެސްޓް ހައުސް އެވޯޑު ދިނުން އޮންނާނީ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު އެވެ.

ގެސްޓްހައުސް އެޑިޝަންގައި ހިމެނޭ ދާއިރާތައް:

* އެންމެ ފުރިހަމަ ގެސްޓްހައުސް
* އެންމެ ފުރިހަމަ ކެއުންމާއި ބުއިން ފޯރުކޮށްދޭ ގެސްޓްހައުސް
* ލީޑިން އެކޯ ފްރެންޑްލީ- ތިމާވެއްޓާ ރަހުމަތްތެރި ގެސްޓްހައުސް
* އެންމެ ފުރިހަމަ ޑައިވިން އެންޑް ވޯޓާ ސްޕޯޓްސް ގެސްޓްހައުސް
* ލީޑިން ބިޒްނަށް ގެސްޓްހައުސް
* ލީޑިން އެޑްވެންޗާ ގެސްޓްހައުސް
* ލީޑިން ބިޒްނަށް ގެސްޓްހައުސް
* ލީޑިން ހެރިޓޭޖް ގެސްޓްހައުސް
* އެންމެ ފުރިހަމަ ގެސްޓްހައުސް މަރުކާ
* އެންމެ ފުރިހަމަ ޓްރާންސްޕޯޓް ހިދުމަތްތެއްދޭ ގެސްޓްހައުސް
* އެންމެ ހިތްގައިމު ގޮނޑުދޮށެއް އޮތް ރަށް
* ލީޑިން ގެސްޓްހައުސް އައިލެންޑް
* ނިއު ކަމާ އޮފްދަ އިއާ
* ލީޑިން ބިޒްނަސް ޑިވެލޮޕްމެންޓް ޕާޓްނާ ފޯދަ ގެސްޓްހައުސް އިންޑަސްޓްރީ
* މޮސްޓް ސަޕޯޓިވް ގެސްޓްހައުސް