Last Updated: July 26, 12:01
Sunday, July 26, 2026
ޚަބަރު

ކިޑްސް ސްވިމިން ފެސްޓިވަލް ހުކުރު ދުވަހު ފަށަނީ

ހިތަދޫގައި ބޭއްވި މުބާރާތެއްގެ ތެރެއިން -- ފޮޓޯ:އަޒީމް ނަޖްމީ/އައްޑޫލައިވް

ސްވިމިން އެސޯސިއޭޝަނުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ އައްޑޫސިޓީ ކިޑްސް ސްވިމިންގ ފެސްޓިވަލް ހުކުރު ދުވަހު އޮންނާނެއެވެ.

2 ދުވަހުގެ މުއްދަތަކަށް ހިތަދޫ ޓްރެކް ސަރަހައްދުގައި ބާއްވާ މި ފެސްޓިވަލްގައި ތިން އުމުރު ފުރާއަކުން 6 އިވެންޓެއްގައި ފެތުންތެރިން ވާދަކުރާނެއެވެ.

ކިޑްސް ސްވިމިން ފެސްޓިވަލްގައި ވާދަކުރާ އުމުރު ފުރާތަކަކީ 6 އަހަރުން ދަށް، 8 އަހަރުން ދަށް އަދި 10 އަހަރުން ދަށެވެ.

މީގެ އިތުރުން ސްވިމިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ 3 ވަނަ އައްޑޫ ސިޓީ ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް ވެސް މި މަހު 11 ވަނަ ދުވަހު ފަށާނެއެވެ.