ވޯލްޑް ހެލްތް އޯގަނެއިސޭޝަންގެ ސަމިޓުގައި ބައިވެރިވުމަށް މިިޔަންމާގެ ހެލްތް މިނިސްޓަރުގެ ބަދަލުގައި މިނިސްޓްރީގެ އޮފިޝަލަކު ރާއްޖެ ވަޑައިގެންފިއެވެ.
އެނގިފައިވާ ގޮތުގައި މިޔަންމާ ހެލްތް މިނިސްޓަރުގެ ބަދަލުގައި ރާއްޖެ ވަޑައިގެންފައިވަނީ ހެލްތް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ޑރ. ޖަންގް ސުން ސެންގްއެވެ.
އޭނާ ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ޑަބްލިއުއެޗްއޯގެ ސަމިޓެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެއްސުމުން މިޔަންމާގެ ފަރާތުން ފުރަތަމަ މި ސަމިޓުގައި ބައިވެރިވުމަށް ހަމަޖެއްސީ އެގައުމުގެ ހެލްތް މިނިސްޓަރު ޑރ. މަޔަންޓް ހުވައިއެވެ.
ނަމަވެސް ހުވައި ވަނީ އޭނާގެ ރާއްޖެ ދަތުރު ސަބަބެއް ބަޔާން ކުރުމެއް ނެތި ކެންސަލް ކޮށްފައެވެ. ޑަބްލިއުއެޗްއޯ ސަމިޓު ބޭއްވުމަށް ހަމަޖެހިފައިަނީ މާދަމާގެ ވަގުތެއްގައެވެ.