Last Updated: July 26, 11:59
Sunday, July 26, 2026
ޚަބަރު

ސީރިޔާއަށް "ދާން އުޅެނިކޮށް" ހައްޔަރު ކުރި އެކަކީ ހިތަދޫ މީހެއް

ސީރިޔާ ހަނގުރާމައަށް ދާން އުޅެނިކޮށް ހައްޔަރުކުރި 2 މީހުންގެ ތެރެއިން އެކަކީ ހިތަދޫ މީހެއްކަން 'އައްޑޫލައިވް' އަށް ކަށަވަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ސ.ހިތަދޫ އަށް ނިސްބަތްވާ ފާރިސް މުހައްމަދު ދީދީ (ބާރީ) އެވެ. އޭނާ އާއި އިތުރު ބަޔަކު ސީރިޔާއަށް ދިއުމަށް ފުރާފައިވަނީ ފާއިތުވި، ޖުލައި މަހުގެ ފަހުކޮޅުއެވެ.

މެލޭޝިޔާ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ދެ ދިވެހިން ހައްޔަރުކޮށްފައި ވަނީ އެ ގައުމުގެ ޖޯހޯ ބަހްރޫ އިންނެވެ.

މެލޭޝިއާ ފުލުހުން ހައްޔަރު ކުރި ދެ ދިވެހިންގެ މައްޗަށް ތުހުމަތު ކުރަނީ ސީރިއާ ހަނގުރާމައަށް ދިއުމަށްޓަކާ ސިންގަޕޫރާއި މެލޭޝިއާ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު ހައްޔަރު ކުރި އެ ދެ މީހުންނަކީ މެލޭޝިއާގައި އެއާކޮންޑިޝަންގެ މަސައްކަތް ކުރާ ދެ ދިވެހިން ކަމަށް މެލޭޝިއާ ފުލުހުންނާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ވަނީ ބުނެފައެެވެ.