Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ޕެޓްރޯލާއި ޑީސަލުގެ އަގު ބޮޑުކޮށްފި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލް އަދި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި މިއަދު އަގަށް ގެނައި ބަދަލާއެކު ޑީސަލް ލީޓަރެއް ލިބޭނީ 8.64ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބޭނީ 8.95ރ. އަށެވެ.

ޕެޓްރޯލްގެ އަގުން 30 ލާރި ބޮޑުކޮށްފައިވާއިރު ޑީސަލްގެ އަގުން ބޮޑުކޮށްފައިވަނީ މިފަހަރު 20 ލާރިއެވެ. އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ ޖޫން މަހުގައެވެ.

އެފަހަރު ވަނީ އަގު ހެޔޮކޮށް ޕެޓްރޯލް ލީޓަރެއްގެ އަގު 8.65ރ. އަށް ތިރިކޮށްފައެވެ. އަދި ޑީސަލްގެ އަގު އެފަހަރު ވަނީ 8.44ރ. އަށް ބަދަލުކޮށްފައެވެ.