Last Updated: July 26, 11:59
Sunday, July 26, 2026
ޚަބަރު

ޔާމީނަށް ގޮތް ހުސްވެގެން ކޮސް ހަދަން ފަށައިފި: ރޮޒެއިނާ

ރައީސް އަބްދުﷲ ޔާމީނަށް ގޮތް ހުސްވެގެން ކޮސް ހަދަން ފަށައިފި ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި ޕީޕީއެމް އިން ވަކިވި ބައެއް މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނަނީ ބިރު ދައްކައިގެން އެ މެންބަރުން ޕީޕީއެމް އަށް އަލުން ގެނައުމަށް ކަމަށެވެ.

" ޕީޕީއެމް އިން ވަކިވި ބައެއް މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނެެގެން އިލެކްޝަންސް އަދި ޔާމީން އުޅެނީ ދެންތިބި މެންބަރުންނަށް ބިރު ދައްކައިގެން ޕީޕީއެމް އަށް އަނބުރާ ދޭތޯ." ރޮޒެއިނާ


މީގެ އިތުރުން ރޮޒެއިނާ ވަނީ ޔާމީންގެ އަނިޔާވެރިކަމާއި ދެކޮޅަށް ނިކުންނެވި ހުރިހާ ހިތްވަރުގަދަ މެންބަރުންނަށް ސާބަސް ވިދާޅުވެ އެގޮތުގައި ހިފެހެއްޓުމަށް އެދިވަޑައިގެންފައެވެ.