ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
އެގޮތުން މި މައްސަލަތަކާއި ގުޅިގެން ހޯދަމުންދަނީ މ. ދިއްގަރު، ކަސްތޫރިގެ ފަހުދު އައްބާސް (25އ) އާއި ގދ. ގައްދޫ، ފިޔާތޮށިގެ، އަޙްމަދު ޙަސަން (40އ) ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުން ބުނާ ގޮތުގައި މިދެމީހުންގެ ތެރެއިން ފަހުދު އައްބާސް ހޯދަމުންދަނީ ވަގު ޑޮލަރުތަކެއް ގެންގުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. އަދި އަޙްމަދު ޙަސަން ހޯދަމުންދަނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެހެންކަމުން، މި ދެމީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792358 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.