Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

މަސްތުވާތަކެއްޗާ އެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި

ފޮޓޯ: ޕޮލިސް

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 8 ސެލޯފިންކޮޅާއެކު 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނާ ގޮތުގައި މި ކުއްޖާ ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރުގައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި މަގުމަތިންނެވެ.

ފުލުހުން އިތުރަށް މަޢުލޫމާތު ދިން ގޮތުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅު ފެނިފައި ވަނީ އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ޓީޝާޓްގެ ކަރާއި ކަނދުރާއާ ދެމެދުންނެވެ.

މީގެ އިތުރުން، މި މައްސަލާގައި ހައްޔަރުކޮށްފައިވާ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.