Last Updated: July 26, 11:59
Sunday, July 26, 2026
ޚަބަރު

ބޭސް ފަރުވާ އަށް ގާސިމް ސިންގަޕޫރަށް

ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ގާސިމަށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ކަރެކްޝަންސް ސާވިސް އިން ދީފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެ ސާވިސް އިން ބުނީ ގާސިމްގެ ހިތުގެ ބަލީގެ އިތުރު ޓެސްޓްތަކެއް ހެދުމަށް ޑޮކްޓަރުން ލަފާދީފައި ވާތީ، އެ ޓެސްޓްތައް ހެދުމަށް ގާސިމް މިރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ހުއްދަ މެޑިކަލް ބޯޑްގެ ލަފާގެ މަތިން މިހާރު ދީފައިވާ ކަމަށެވެ. އަދި އޭނާއަށް ދީފައި ވަނީ 10 ދުވަހުގެ މުއްދަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

ގާސިމަށް ހުކުމް ކުރީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ. ގާސިމް ބޭސްފަރުވާ އަށް ފޮނުވަންޖެހޭނެ ކަމަށް ހުކުމްގައި ބުނެފައި ވަނިކޮށް، ރާއްޖޭން ބޭރަށް ގާސިމް ފޮނުވުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސްއިން ދީފައި މިވަނީ އޭގެ 2 ހަފްތާ ފަހުންނެވެ.