ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި މި ސަރުކާރު އޮތީ ލަދުހަޔާތް ކެނޑިފައި ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރ މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓަށާއި ސަރުކާރަށް މުސްތަފާގެ ފާޑުކިޔުންތައް އަމާޒުކޮށްފައި މިވަނީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.
މުސްތަފާ ވިދާޅުވި ގޮތުގައި މިހާރު ސުޕްރީމް ކޯޓާއި ސަރުކާރު އޮތް ހާލުން "ހަޔާތް ފިލުވުން" އެއީ ފަސޭހަކަމެއް ނޫން ކަމަށެވެ.
SC aai Sarkaaru e thothee Ladhu hayaahkendifa mi haaru e thiba varun hayaahfiluvan faseyha eh nuvaane…
— Mohamed Musthafa (@Thimarafushi) September 6, 2017
ކުރިން ޕީޕީއެމް މެންބަރެއްގެ ގޮތުގައި ހުރެ މިހާރު އެ ޕާޓީން ވަކިވެވަޑައިގެންފައިވާ މުސްތަފާ އަކީ ޕީޕީއެމްގައި ހުންނެވި އިރު ވެސް ފާޅުކަންބޮޑު ގޮތެއްގައި ސަރުކާރަށް ފާޑުވިދާޅުވާ އެއް މެންބަރެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރު ވައްޓާލުމަށް ގޮވާލިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ޕާސްޕޯޓް ވެސް ވަނީ ތިން މަސް ދުވަހަށް ހިފަހައްޓާފައެވެ.
އަދި ސަރުކާރު ވައްޓާލުމަށް ގޮވާލި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.