Last Updated: June 9, 09:12
Tuesday, June 9, 2026
ޚަބަރު

ނަޝީދު ހުރީ އީސީގެ މެންބަރުންނަށް ހަސަދަލައިގެން: ސިއްދީގް

ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުންގެ މައްޗަށް ހަސަދަލައިގެން ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

ސިއްދީގު މިހެން ވިދާޅުވެފައި ވަނީ ރޭ ޗެނަލް13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ސިއްދީގު ވިދާޅުވި ގޮތުގައި ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަކީ އެއްވެސް އެއްޗެއް ނުދަންނަ ކަމަށާއި އެމީހުންގެ އަމަލަކީ ގާނޫނާއި ހިލާފު އަމަލެއް ކަމަށް ޕަބްލިކަށް ދެއްކުމަށް ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް ޓްރެވަލް ބޭން ދިނުމާއި އެހެނިހެން އަދަބު ދިނުމަކީ ނަޝީދުގެ މައްޗަށް އޮތް ކަމެއް ނޫން. ނަޝީދުގެ މައްޗަށް އޮތީ ގާނޫނީ ގޮތުން ތަންފީޒު ކުރަން ޖެހޭ ހުކުމް ތަންފީޒު ކުރުން. އަދަބު ލިބިގަތުން "

އަދި ރައްޔިތުންނާއި އިލެކްޝަނާއި ދޭތެރޭ ނަފްރަތު އުފެއްދުމަށްޓަކައި އެކަލަ ވާހަކަ ދެއްކުމުން މަނާވެގަތުމަށް ސިއްދީގު ވަނީ ނަޝީދަށް އިލްތިމާސް ކުރައްވާފައެވެ.