Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ފޯ ސީޒަން އެޕްރެންޓިސްއަށް އައްޑޫ ޒުވާނުން ނަގަނީ

ފޯ ސީޒަންގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް މިއަހަރުވެސް އައްޑޫއިން ކުދިން ނެގުމަށް ހިތަދޫ އާއި ފޭދޫގައި އިންޓަވިއު ޕްރޮގްރާމް ބޭއްވުމަށް ނިންމައިފިއެވެ.

ފޯސީޒަނުން މައުލޫމާތު ދީފައިވާ ގޮތުގައި ހިތަދޫގެ އިންޓަވިއު ޕްރޮގްރާމް އޮންނާނީ މިމަހުގެ 10 ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. އަދި ފޭދޫ އިންޓަވިއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ދުވަހު ފޭދޫ އަވަށު އޮފީސް ހޯލުގައެވެ.

ހިތަދޫ އިންޓަވިއު ޕްރޮގްރާމް 10 ވަނަ ދުވަހު މެންދުރު 14:00 އިން ފެށިގެން އިރުއޮއްސި 18:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ފޭދޫގެ އިންޓަވިއުތައް ކުރިއަށްދާނީ 11 ވަނަ ދުވަހު ހެނދުނު 9:00 އިން މެންދަމު 12:00 އަށް ކަމަށް ފޯސީޒަނުން މައުލޫމާތު ދީފައިވެއެވެ.

އެޕްރެންޓިސް ޕްރޮގްރާމުގައި ބައިވެރިވުމަށް ދެ ޖިންސުގެ ކުދިންނަށްވެސް ބައިވެރިވެވޭނެއެވެ. ނަމަވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 17 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނަށެވެ.

އިންޓަވިއުއިން ހޮވޭ ބައިވެރިންނަށް އަންނަ އަހަރު ފޯ ސީޒަން ކުޑަހުރާ އަދި ލަނޑާގިރާވަރު، ދެ ރިސޯޓުގައި ތަމްރީން ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.