ސިނގިރޭޓު ވިއްކާއިރު ވަކިން ސިނގިރޭޓު ނުވިއްކޭ ގޮތަށް ގަވާއިދެއް އެކުލަވާލައި، ރައީސް އޮފީހަށް ފޮނުވައިފިއެވެ.
މި ގަވާއިދު އެކުލަވާލައި ތަސްދީގު ކުރުމަށް ރައީސުލް ޖުމުހޫރިއްޔާ އަށް ފޮނުވާފައިވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ކެމްޕޭނުގެ ދަށުން ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދުކުރުމަށެވެ.
އިންޒާރުގެ މަންޒަރުތައް ފޮށީގެ ބޭރުގައި ގިނަކޮށް، ވިޔަފާރިވެރިންނަށް ސިނގިރޭޓު ވިއްކާއިރު ވަކިން ނުވިއްކޭ ގޮތަށް ގަވާއިދު އެކުލަވާލާފައިވާއިރު ސިނގިރޭޓުން ދާދި ފަހުންވެސް ވަނީ ޑިއުޓީ ބޮޑުކޮށްފައެވެ.
މި ގަވާއިދުގެ ދަށުން ވިޔަފާރިވެރިންގެ އިތުރުން ކެފޭ ތަކާއި ރެސްޓޯރެންޓުތަކަށްވެސް ސިނގިރޭޓު ވިއްކާއިރު ފޮއްޓަކަށްވުރެ މަދުން ސިނގިރޭޓު ނުވިއްކޭނެއެވެ.