ނިމިގެން ދިޔަ ޓްރާންސްފާ ބާޒާރުގައި އެންމެ ބޮޑު ޚަރަދެއްކުރި ފްރާންސުގެ ޕީއެސްޖީއާއި މެޓްޒް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.
ޓްރާންސްފާގެ ފަހު ދުވަހު މޮނަކޯއިން 168 މިލިއަން ޔޫރޯގެ ލޯން ޑީލަކުން ޕީއެސްޖީއަށް ގެނައި ފްރާންސުގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭގެ އެޓީމުގެ ޖާޒީގައި ފެނުނު ފުރަތަމަ މެޗުގައި އޭނާ ވަނީ ލަނޑެއް ކާމިޔާބުކޮށްދީފައެވެ.
ޕެރިހުން ފަސޭހަކަމާއެކު 1-5 އިން ކާމިޔާބުކުރި މިމެޗުގައި ފޯވާޑް ކަވާނީ ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ ފުރަތަމަ ލަނޑު ކަވާނީ ޖަހާފައިވާއިރު 37 ވަނަ މިނެޓުގައި މެޓްޒް ވަނީ އެއްވަރުކޮށްފައެވެ.
ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު އެމްބާޕޭ ވަނީ ޕެރިހަށް ލީޑު އަނބުރާ ނަގާދީފައެވެ. އެމްބާޕޭގެ ގޯލުގެ ކުރިން މެޓްޒް ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
ޕީއެސްޖީއަށް މެޗުގެ ބާކީ އޮތް ވަގުތުގައި މެޗު ކޮންޓްރޯލް ކުރަން ފުރުސަތު ލިބުނެވެ. ނަތީޖާއެއްގެ ގޮތުން އިތުރު ފަސް ގޯލު ޕީއެސްޖީ ފޯވާޑުންގެ ފަރާތުން ފެނިގެން ދިޔައެވެ.
ރޭގެ މެޗުގައި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ، ނޭމާވެސް ވަނީ ލަނޑު ޖަހާފައެވެ. ނޭމާގެ އިތުރުން ކަވާނީ އާއި ލޫކަސް މޯރާ ވަނީ މެޗުގެ ފަހު 15 މިނެޓުގައި ލަނޑު ޖަހާފައެވެ.
މިމޮޅާއެކު ޕީއެސްޖީ އޮތީ ކުޅުނު 5 މެޗުން މޮޅުވެ 15 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތީ ޗެމްޕިއަން މޮނަކޯ، 12 ޕޮއިންޓާއެކުއެވެ.