މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ޔޫތް ވިންގުގެ ރައީސް، މީކާއިލް ނަސީމް އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުނު އެއްޗަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކޮށް، ބަޔާން ނަގައިފިއެވެ.
މީކާއިލް ބުނެފައިވަނީ ފުލުހުން އޭނާ ހާޒިރުކުރުމަށްފަހު ދޮޅުގަޑިއިރު ވަންދެން ބަހައްޓައިގެން ސުވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ގާނޫނުލް އުގޫބާތުގެ 615 (ހ)ގެ ދަށުންނެވެ. އެއީ ފުލުހުންގެ މުއައްސަސާއާއި މެދު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ކުށެވެ.

ނަމަވެސް ފުލުހުން ކުރި ތުހުމަތުތަކަށް އިންކާރުކުރާ ކަމަށާއި އެފަދަ ކަމެއް ކޮށްފައިނުވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ގާނޫނީ ވަކީލު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވަނީ އޭނާއާއެކު ފުލުސް އިދާރާއަށް ހާޒިރުވެފައެވެ.