Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ޑްރަގް މައްސަލައެއްގައި ރައީސްގެ ބޮޑީގާޑަކު ހައްޔަރު

ރައީސް އަބްދުﷲ ޔާމީންގެ ބޮޑީގާޑެއްގެ މަގާމުގައި ހުރި އެމްއެންޑީއެފްގެ އޮފިސަރަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

ގައުމީ ދިފާއީ ބާރުގެ ޕްރެސިޑެންޝިއަލް ސެކިއުރިޓީ ޑިވޝަނުގެ އޮފިސަރަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލެއިން ފުރައިގެން ދިޔަ ދޯންޏެއް ފާސްކޮށް މަސްތުވާތަކެއްޗާ އެކުގައެވެ. ދައުލަތުން ވަނީ އޭނާގެ މައްޗަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައެވެ.

ފުލުހުން ހައްޔަރުކުރި ރައީސްގެ ބޮޑީގާޑުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އޭނާ ބަންދުގައި ބަހައްޓާފައި ހުރީ މާފުށީ ޖަލުގައެވެ.