Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

"ނިއު ސީޒަން" ގެ ސޭޓް އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި

ހިތަދޫ "ނިއު ސީޒަން" ފިހާރައިގެ ސޭޓް އަތުން ރޭ ހަ ލައްކަ އަށް ވުރެ ގިނަ ފައިސާ ފޭރިގެންފި އެވެ.

އެނގިފައިވާ ގޮތުގައި ފޭރިގަތީ އޭނާ ފިހާރަ ބަންދުކޮށްފައި ސައިކަލްގައި ގެއަށް ދަނިކޮށް، ފަޅު ގެއެއްގެ ތެރެއިން މޫނު ނިވާކޮށްގެން ތިބި ބަޔަކު ނިކުމެ އެވެ. އަދި އޭނާގެ އަތުގައި އެ ވަގުތު ހުރި 75،000ރ. އާއި 35،000 ޑޮލަރު ފޭރިގެންފައިވެ އެވެ.

މި ހާދިސާ ރޭ ފުލުހުންނަށް ރިޕޯޓް ކުރީ ދަންވަރު 12:28 ގަ އެވެ.

ފުލުހުން ބުނީ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.