Last Updated: June 20, 02:15
Friday, June 19, 2026
ކުޅިވަރު

އޮކްސް އާއި ކޫޓީނިއޯ ސިޓީ މެޗުން ބާކީ

އިނގިރޭސި ވިލާތުގެ ލިވަޕޫލްއަށް މިސީޒަނުގައި އަލަށް ގެނައި އިނގިރޭސި ވިންގަރ، އެލްކްސް އޮކްސްލޭޑް ޗެމްބަލެއިން އަދި ފިލިޕް ކޫޓީނިއޯ މިއަދު ސިޓީއާ ދެކޮޅަށް ކުޅޭ މުހިންމު މެޗުން ބާކީކޮށްފިއެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފައިވަނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ހޭދަކުރި ކޫޓީނިއޯ އަދި މުޅިން މެޗު ފިޓްނަސް ލިބިފައިނުވާ ކަމަށެވެ. އަދި އޮކްސްލޭޑް ޗެމްބަލެއިން ލިވަޕޫލް ޓީމަށް ފަރިތަވާން އޭނާއަށް ދުވަސްކޮޅެއް ދޭނެ ކަމަށާއި އޭނާވެސް އަދި ތައްޔާރު ނޫން ކަމަށެވެ.

ނިމިގެން ދިޔަ ޓްރާންސްފާ ވިންޑޯގައި ސްޕެއިންގެ ބާސެލޯނާއިން ކޫޓީނިއޯ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ލިވަޕޫލުން އޭނާ ދޫކޮށްލަން ދެކޮޅު ހެދިއެވެ. އެތައް ފަހަރު މަތިން ބާސާއިން ހުށައެޅި ބިޑު ލިވަޕޫލް ވަނީ ބަލައިނުގަނެ އަނބުރާ ފޮނުވާލާފައެވެ.

ލިވަޕޫލް އަދި ސިޓީއަށްވެސް ކުޅުނު ތިން މެޗުން 7 ޕޮއިންޓު ލިބިފައިވާއިރު ގޯލުގެ ތަފާތުން ލީގު ތާވަލުގައި މިވަގުތު ކުރީގައި އޮތީ ލިވަޕޫލްއެވެ.