ކުޅިވަރު

ދެވަނަ ކިޑްސް ސްވިމިން ފެސްޓިވަލް ބާއްވައިފި

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން އައްޑޫގައި ދެވަނަ ކިޑްސް ސްވިމިން ފެސްޓިވަލް ބާއްވައިފި އެވެ.

އެ އެސޯސިއޭޝަނުގެ ހިތަދޫ ސްވިމިން ޓްރެކުގައި ހަފުތާ ބަންދުގައި ބޭއްވި ސްވިމިން ފެސްޓިވަލް ކުރިއަށް ގެންދިޔައީ އަންހެން ފިރިހެން ވަކިން ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ.

ފެސްޓިވަލް ބޭއްވި އިރު، މާދަމާ އައްޑޫ ސިޓީ ސްކޫލް ކުދިންގެ ތިންވަނަ ފެތުމުގެ މުބާރާތް ފެށުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އައްޑޫ ސްކޫލް ކުދިންގެ ތިންވަނަ ފެތުމުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ އިން ފެށިގެން މި މަހުގެ 15 އާ ހަމައަށެވެ.

ހިތަދޫ ސްވިމިންގ ޓްރެކުގައި ކުރިއަށްދާ މި މުބާރާތައް އައްޑޫ ސްކޫލުތަކުން ކޮންމެ ދުވަހަކު ފޯރިއާއެކު ފަރިތަކުންތައް ފުރިހަމަ ކުރަމުންދާ އިރު، މި މުބާރާތަކަކީ ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ހުޅުވާލެވިގެން އައްޑޫގައި ބާއްވާ މުބާރާތެއް ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުންޏެވެ.

އައްޑޫ ސިޓީ ސްކޫލް ކުދިންގެ ތިންވަނަ ފެތުމުގެ މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން ފިރިހެން ވަކިން ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ.

އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފުރާ އެވެ. އަދި ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީ ވެސް އޮންނާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުންޏެވެ.