Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

ރިޔާޒް ޕޮލިހުން ވަކިކުރަން ނިންމައިފި

ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ފުލުހުންގެ ވަޒީފާއިން ކުރުމަށް ނިންމާފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރިޔާޒު މީގެ ކުރިން ހުންނެވީ ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑެޕިއުޓީ ހެޑްގެ މަގާމުގައެވެ.

އެ މަގާމުގައި ހުންނަވަނިކޮށް ކުއްލިގޮތަކަށް ކޮމިޝަނަރުގެ ބިއުރޯ އަށް ބަދަލުކޮށްފައެވެ. ރިޔާޒް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުންގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.