Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

ދެކުނުގެ އަތޮޅުތައް ހިމެނޭ ސަރަހައްދަށް މޫސުމާ ބެހޭ ގައުމީ އިދާރާ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރ(މެޓް އޮފީސް) އިން ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައިވަނީ ލ.އަތޮޅުން ފެށިގެން އައްޑޫ އާއި ހިސާބަށެވެ. އެލާޓް ނެރެފައިވަނީ، މިއަދު ހެނދުނު 10:00 އިން ހަވީރު 16:00 އާއި ހަމައަށެވެ.

މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

 

ވައިޓް އެލާޓް އަކީ ކޮބާ؟

މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.