Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ބައި-އިލެކްޝަންތައް ހުއްޓުވަން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުންނެވެ.

ސްޕްރީމް ކޯޓަށް މިއަދު ހުށަހަޅާފައިވާ މައްސަލާގައި މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވަނީ ސްޕްރީމް ކޯޓުން އެ މައްސަލާގައި ޖުލައި 13 ވަނަ ދުވަހު ކުރި ހުކުމާއި ޖުލައި 16 ގައި ނެރެފައިވާ އަމުރާ ވެސް ހިލާފަށް ކަމަށް ވަނީ ބުނެފައެވެ.

އެމްޑީޕީއާއި ޖޭޕީއާއި އަދާލަތު އަދި ރައީސް މައުމޫނުގެ ފަރާތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތް ކަމެއް ނުވަތަ ނޫންކަމެއް އެ ކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.