Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ޖުލައިގެ ނިޔަލަށް ދައުލަތަށް 12.8 ބިލިއަން

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 12.8 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކައިފި އެވެ.

ޖުމުލަ އާމްދަނީ ގެ ގޮތުގައި 12.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު ދައުލަތުން ކުރި ޚަރަދު 10.7 ބިލިއަނަށް ވަނީ އަރާފައެވެ. ޚަރަދު ކެނޑުމުން ދައުލަތަށް ވަދެފައިވަނީ މިއަހަރު އެންމެ 2.1 ބިލިއަން ރުފިޔާއެވެ.

އެންމެ ބޮޑު ޚަރަދެއް ރިކަރަންޓު ޚަރަދު ތަކަށް ކޮށްފައިވާއިރު ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި ދައުލަތުން ވަނީ ރިކަރަންޓު ޚަރަދުގެ ގޮތުގައި 7.9 ބިލިއަން ހޭދަކޮށްފައެވެ.

މުސާރައާއި އިނާޔަތް އަދި ޕެންޝަނުގެ ގޮތުގައި ޖުލައި މަހު 725 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު އެހެނިހެން ޚަރަދުތަކަށް 525.6 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.