Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ޝަރުޢީ ދާއިރާގެ އިސްލާހަށް ގޮވާލި 54 ވަކީލަކު ސަސްޕެންޑް!

ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް އިސްލާހު ކުރުމަށް ގޮވާލުމުން 54 ވަކީލަކު ސަސްޕެންޑް ކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) އިން އެ ވަކީލުން ސަސްޕެންޑްކުރުމަށް ނިންމަފައި ވަނީ ޝަރުއީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނުގައި 56 ވަކީލުން ސޮއިކުރައްވާފައި ވެއެވެ. އެހެން ނަމަވެސް ވަކީލުންގެ ފަރާތުން ހުށަހެޅި އިލްތިމާސް ސުޕްރީމް ކޯޓުން ބަލައިގެންފައެއް ނުވެއެވެ.

ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ހުރުމަތް ކެނޑިކަމަށް ބުނާ މައްސަލައެއް ބަލައި ނިމެންދެން، 54 ވަކީލުން ސަސްޕެންޑް ކުރި އިރު އޭގެ ތެރޭގައި ސުޕްރީމް ކޯޓު ދޮށަށް އެއް ނުވާ ވަކީލުން ވެސް ހިމެނެއެވެ.

ސުޕްރީމް ކޯޓު ދޮށަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު އެއްވެފައި ވަނީ 21 ވަކީލުންނެވެ.