ސުޕްރީމް ކޯޓުތަކުގެ ފަނޑިޔާރުންނަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ފަނޑިޔާރުންނަށް ހަދަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން މިހެން ވިދާޅުވެފައިވަނީ ރޭ ސުޕްރީމް ކޯޓުން 54 ވަކީލުން ސަސްޕެންޑު ކުރުމާއި ގުޅިގެން ނުރުހުން ފާޅުކޮށް ކުރެއްވި ޓުވީޓެއްގައެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ ބަސް ފަނޑިޔާރު ގޭގައިވެސް ތަމްސީލު ކުރެވެން ޖެހޭ ކަމަށެވެ. ޝަރުއީ ދާއިރާގައި ހުރި ކަންކަން އިސްލާހު ކުރުމަށް އެދި 56 ވަކީލުން ސޮއިކޮށް ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށައެޅުމުން ކޯޓުން ވަނީ ފަނޑިޔާރުންގެ މުސްތަގިއްލު ކަން ގެއްލޭ ގޮތަށް ޖަމާއަތް ހަދައިގެން ކޯޓަށް އެއްވުމާއި ގުޅިގެން 54 ވަކީލުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
އަދި ނޫނާއި ޚިލާފަށް ޣައިރު ގާނޫނީ ލިޔުމެއް ލިޔެ، އޭގައި ސޮއިކުރި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ޑީޖޭއޭއިން މިމައްސަލައާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.