ގިނަ އަދަދެއްގެ ވަކީލުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރުމުން މުއައްސަސާތަކަށް ގޮތް ހުސްވެފައިވާ ކަން ހާމަވެއްޖެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރޭ ސުޕްރީމް ކޯޓުން 54 ވަކީލުން ސަސްޕެންޑުކުރުމާ ގުޅިގެން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިނިންމުމާއެކު ސާފުކޮށް ހަދާނެ ގޮތް ހުސްވެގެން އުޅޭކަން ހާމަވެއްޖެކަމަށެވެ.
ސުޕްރީމް ކޯޓުން ގާނޫނީ ވަކީލުން ސަސްޕެންޑު ކުރުމާއި ގުޅިގެން ކުރީގެ ރައީސް ނަޝީދުވެސް ވަނީ ފާޑުވިދާޅުވެފައެވެ. ނަޝީދުގެ ޓުވީޓުގައި ބައިނަލްއަގުވާމީ ދުނިޔެއަށް ފިޔަވަޅު އަޅައިދިނުމަށް އެދިފައިވެއެވެ.
އަދި ނަޝީދު ކުރެއްވި އިތުރު ޓުވީޓެއްގައި ފުލުހުންނާއި ސިފައިންގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރުމަށްވެސް ގޮވާލާފައިވެއެވެ.