މި ސަރުކާރުގެ ނުފޫޒު ގަދަ ވަޒީރެއްގެ ކާރުކޮޅުގައި ބަދުއަހުލާގީ އަމަލު ހިންގަން ތިބި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މައުލޫމާތު ލިބިފައިވާ މި ދެމީހުން ހައްޔަރުކޮށްފައި ވަނީ އާސަހަރާ ފުރަގަހުގައި އޮންނަ މަގުގައި ކާރު ބާއްވައިގެން އޭގެ ފަހަތު ސީޓްގައި ބަދުއަހްލާގީ އަމަލް ހިންގަން ތިއްބާ އާއްމު ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެންނެވެ.
ބަދުއަހުލާގީ މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކުރިކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
މި ސަރުކާރުގެ ނުފޫޒު ގަދަ މިނިސްޓަރެއްގެ ކާރުކޮޅުގައި ބަދުއަހުލަގީ އަމަލު ހިންގި އިރު އެ ވަގުތު ކާރުގައި މިނިސްޓަރު ނެތް ނަމަވެސް ހައްޔަރު ކުރި މީހުންގެ ތަފުސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އާސަހަރާ ފުރަގަހުގައި އޮންނަ މަގުގައި މިފަދަ ގިނަ ހާދިސާ ހިންގަމުން އަންނަ ކަން މީގެ ކުރިން ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.