Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ފޭދޫ ނަރުދަމާގެ މަސައްކަތް ވެސް ފަށައިފި

ފޭދޫގައި ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފޭދު އާއި މަރަދޫފޭދޫ އަދި މަރަދޫގެ ނަރުދަމާގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. މި މަޝްރޫއު ރަސްމީކޮށް އިފުތިތާހު ކުރީ މިދިޔަ އެޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ.

ފޭދޫގެ މަސައްކަތުގެ ތެރެއިން މިހާރު އަންނަނީ ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ކުރިއަށްދާ އިރު، ޕީޕީއެމްގެ ފޭދޫ އަންހެންވެރިން އަންނަނީ މަސައްކަތް ކުރާ މީހުންނަށް ޖޫހާއި ދުފުން ވެސް ދެމުންނެވެ.

ނަރުދަމާގެ މަސައްކަތް ކުރިއަށްދާ އިރު، ޖުލައި މަހުގެ ތެރޭގައި ވަނީ ހިދުމަތަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.