Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

އެމްޕީއެލް ސަރަހައްދުން ފީފާއެއް ގޮވައި ތިން މީހަކު ފިހިއްޖެ

އެމްޕީއެލްގެ ބަދަރު ސަރަހައްދުގައި ވެލްޑިން މަސައްކަތެއް ކުރަނިކޮށް ތެޔޮ ފީޕާއެއް ގޮވައި ތިން މީހަކު ފިހިއްޖެއެވެ.

މިއަދު ހެނދުނު 10:00 ހާއިރު ހިނގި މިހާދިސާގައި ފިހުނު ތިން މީހުންނަށް މިހާރު ގެންދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. މިހާދިސާގައި އަނިޔާވެފައިވަނީ އެމްޕީއެލްގެ ތިން މުވައްޒަފަކަށެވެ. ނަމަވެސް އެމީހުންނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

މިދިޔަ ހޯމަ ދުވަހުވެސް ވަނީ އެމްޕީއެލް ބަނދަރުގައި ނުރައްކާތެރި ހާދިސާއެއް ހިނގާފައެވެ. އެދުވަހު ހިނގި ހާދިސާގައި އެތަނުގެ މުވައްޒަފެއްގެ ފައިމައްޗަށް ކޮންޓެއިނަރ ވެއްޓި ވަނީ ފައި ވަރަށް ބޮޑަށް ޗިސްވެފައެވެ.