Last Updated: March 29, 17:29
Friday, March 29, 2024
ޚަބަރު

ފޭޭޝަލް ރިކޮގްނިޝަންއާ އެކު އައިފޯން 10 ތަޢާރަފްކޮށްފި

އެޕަލް އިން މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ފޯން ކަމަށްވާ އައިފޯން 10 ތަޢާރަފް ކޮށްފި އެވެ.

މިހާތަނަށް ނެރުނު ހުރިހާ އައިފޯންތަކުގައި އިން "ހޯމް ބަޓަން" ނުހިމަނާ އެކުންފުނިން ފުރަތަމަ ފަހަރަށް އުފެއްދި އައިފޯން އެކްސް އަކީ ފޭޝަލް ރިކޮގްނިޝަން ބޭނުންކޮށްގެން ހުޅުވާލެވޭ ފޯނެކެވެ.

އެޕަލް އިން ބުނާ ގޮތުގައި އައިފޯން އެކްސް އަށް ކިޔާނީ 'އައިފޯން 10' އެކެވެ. މި ފޯންގައި ހުންނަ ފޭޝަލް ރިކޮގްނިޝަން ފީޗާގެ ސަބަބުން އަނދިރީގައި ވެސް މޫނުގެ ބައްޓަން ދެނެގަނެވޭނެ އެވެ.

މި ފޯންގައި ހޯމް ބަޓަނެއް ނުހުންނައިރު، 'މަލްޓިޕްލް ޓަގް' ގެ އެހީގައި ފޯންގެ ހުރިހާ ކަމެއްވެސް ކުރެވޭނެ އެވެ. އޭގެ މާނައަކީ ވަކި ގޮތަކަށް އިނގިލިން ފިއްތާލުމުން ފޯންގެ ހޯމް ޕޭޖަށް ދެވޭނެ ވާހަކައެވެ.

ބޮޑުމިނުގެ ގޮތުން އައިފޯން 7 ޕްލަސްއަކަށްވުރެ ކުޑަ އައިފޯން އެކްސް ގައި 5.8 އިންޗީގެ އޯލެޑް ޑިސްޕްލޭއެއް ވަނީ ހިމަނާފައެވެ.

މި ފޯން ވެސް އައިފޯން 8 އަދި އައިފޯން 8 އަކީ އެއްފަދައިން ވަޔަލެސްކޮށް ޗާޖްކޮށްލެވޭނެ އެވެ. އެހެންނަމަވެސް އެ ފޯންތަކާއި ޚިލާފަށް އައިފޯން އެކްސްގައި ބެޓަރީގެ ބާރު އިތުރު ދެ ގަޑިއިރަށް ހިފަހައްޓާނެ ކަމަށް އެޕަލް އިން ބުނެއެވެ.

މީގެ އިތުރުން މި އައިފޯންގައި އެނިމޯޖީ ކީބޯޑެއް ވެސް ހިމަނާފައިވެއެވެ.

އައިފޯން އެކްސްގެ ސްޕޭސް ގްރޭ އާއި ސިލްވަރ ކުލަ ނެރުމަށް ހަމަޖެހިފައިވާއިރު، އައިފޯން އެކްސްގެ 64 ޖީބީ ފޯނެއް ލިބޭނެ އަގަކީ 999 އެމެރިކާ ޑޮލަރެވެ.

އައިފޯން އެކްސް އަށް ޕްރީއޯޑަރ ކުރުމުގެ ފުރުސަތު އޮކްޓޯބަރު 22 އިން ފެށިގެން ހުޅުވާލާއިރު، މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރަސްމީކޮށް އައިފޯން އެކްސް ވިއްކަން ފަށާނެ ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ.

https://twitter.com/AppleEventos/status/907672279710097410?ref_src=twsrc%5Etfw&ref_url=https%3A%2F%2Fsun.mv%2F94524