ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއި އެކު ދިވެއްސަކު ދުބާއީން ހައްޔަރުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި ފުލުހުންނާއި ދުބާއީގެ ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
އާއްމުކޮށް ދިވެހިން ވިޔަފާރިއަށް ގޮސް އުޅޭ ދުބާއީގައި މަސްތުވާ ތަކެތީގެ ބޮޑެތި މައްސަލަތަކަށް ހަރުކަށި އަދަބު އެގައުމުގައި ދެއެވެ.