Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

ޑރ. މުއިއްޒު އައްޑު އަށް ވަޑައިގެންފި

ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީ އަށް ވަޑައިގެންފި އެވެ.

މުޢިއްޒު އައްޑޫ އަށް ވަޑައިގެންފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓުން މައުލޫމާތު ދޭ ގޮތުގައި ޑރ.މުޢިއްޒުގެ ދަތުރުފުޅަކީ އައްޑޫގައި އެ މިނިސްޓަރީން ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދާ ގޮތް ބެއްލެވުމަށް ކަމަށެވެ.

މުޢިއްޒު އައްޑޫ އަށް ވަޑައިގަތުމުން އެބޭފުޅާއަށް މަރުހަބާ ކިޔުމަށް އައްޑޫގައި ތިއްބަވާ ސަރުކާރުގެ ވުޒާރާތަކުގެ ކޯޑިނޭޓަރުންނާއި ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ އެއާޕޯޓަށް ވަޑައިގެންނެވިއެވެ.