Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

މެޑަމް ފާތުންގެ އުފަން ދުވަހަށް ގެނައި ކާ ތަކެތީގައި ޕިން!

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން މެޑަމް ފާޠިމަތު އިބްރާހިމްގެ އުފަން ދުވަސް ފާހަގަ ކުރުމަށް އޯޑަރު ދީގެން ގެނައި ކާއެއްޗެހިން ޕިން ތަކެއް ފެނުނު މައްސަލައެއް ފުލުހުން ތަހްގީގް ކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމިއްލަ ފަރާތަކަށް އޯޑަރ ދީގެން މުލިއާގެއަށް ގެނައި ބަތުގެ ތެރެއިން ވަނީ ހައެއްކަ ޕިން ފެނިފައެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި ރަސްމީކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ.