ފޮޓޯ އިން ތިޔަ ފެނިވަޑައިގަންނަވަނީ ހިތަދޫ ލިންކް ރޯޑުގައި ހުރި ވަޅުގަނޑެއް ފާހަގަކުރުމަށް ދަގަނޑު ހޮޅިއެއް ޖަހާފައިވާ މަންޒަރެވެ.
ވީމާ ހިތަދޫ ލިންކް ރޯޑުން ދަތުރު ކުރައްވާ އެންމެހައި ބޭފުޅުން ވެސް އެޕޯލޯ ސްޓޯރާއި ދިމާލަށް ހުރި ވަޅުގަނޑު ފާހަގަކުރުމަށް ޖަހާފައިވާ މި ދަގަނޑަށް ސަމާލުކަން ދެއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އައްޑޫ ލިންކް ރޯޑުގައި ހެދިފައިވާ މިފަދަ ވަޅުގަނޑުތަކުގެ ސަބަބުން ހިތާމަވެރި ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެއެވެ. އަދި މި ދުވަސްވަރު ވިއްސާރަވެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު ލިންކް ރޯޑުގައި ހެދިފައިވާ ވަޅުގަނޑުތަކުގެ ނުރައްކާތެރިކަން ވަނީ އިތުރަށް ބޮޑުވެފައެވެ.