އައްޑޫ ސިޓީ، މަރަދޫފޭދޫ ބަނދަރުގެ ހާލަތު ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ބައްލަވައިފިއެވެ.
މަރަދޫފޭދޫ ބަނދަރު ސަރަހައްދަށް ވަޑައިގެން މުއިއްޒު ވަނީ، ބަނދަރުގެ ހާލަތާއި ބެހޭ ގޮތުން މައުލޫމާތު ހޯއްދަވާފައެވެ.
މުއިއްޒު އެ ސަރަހައްދަށް ވަޑައިގެންނެވި އިރު އެބޭފުޅާ އާއި އެކުއައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓްގެ އިސްވެރިންނާއި މަރަދޫފޭދޫގައި ޕީޕީއެމްގެ އިސް އެކްޓިވިސްޓުން ވެސް ދިޔައެވެ.
މަރަދޫފޭދޫގެ ބަނދަރުގެ މައްސަލަ އަކީ އެރަށުގެ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ. އެހެން ނަމަވެސް 2017 ވަނަ އަހަރުގެ ބަޖެޓުގައި އެ ބަނދަރުގެ މަރާމާތަށް އެއްވެސް ފައިސާއެއް ހިމަނާފައި ނުވާކަން ފާހަގަކޮށްލެއެވެ.
ފާއިތުވި ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރު ވެސް ބައެއް ވަޒީރުން އައްޑޫ އަށް ވަޑައިގެން މަރަދޫފޭދޫ ބަނދަރު ސަރަހައްދު ބައްލަވާލެއްވުމަށް ވަޑައިގަތެވެ. އެހެން ނަމަވެސް އެ ބަނދަރުގެ ތަރައްގީ އާއި ބެހޭ އެއްވެސް ވާހަކައެއް ނުދައްކަވައެވެ.
މަރަދޫފޭދޫގެ ބަނދަރުގެ މައްސަލަ އަކީ އެރަށުގެ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ. އެހެން ނަމަވެސް 2017 ވަނަ އަހަރުގެ ބަޖެޓުގައި އެ ބަނދަރުގެ މަރާމާތަށް އެއްވެސް ފައިސާއެއް ހިމަނާފައި ނުވާކަން ފާހަގަކޮށްލެއެވެ.
2016 ވަނަ އަހަރުގެ ބަޖެޓުގައި މަރަދޫފޭދޫގެ ބަނދަރު ފުންކުރުމާއި މަގު ތޮށިގަނޑު މަރާމާތު ކުރުމަށް 5.2 މިލިއަން ރުފިޔާ ހިމެނިއެވެ. އެހެން ނަމަވެސް 2016 ވަނަ އަަހަރު ނިމުނީ އެ ބަނދަރުގެ އެއްވެސް މަސައްކަތެއް ނުފެށިއެވެ.
އެކަމާއި ގުޅޭ ގޮތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވަނީ މަަރަދޫފޭދޫގެ ބަނދަރު ހެދުމަށް 21 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.