Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އަލިފާނުގެ ހާދިސާއެއްގައި އަންހެނަކު ފިހިއްޖެ

ފޮޓޯ - ސަން

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އުމުރުން ދުވަސްވީ އަންހެނެއްގެ 70 ޕަސެންޓު ފިހިއްޖެއެވެ.

މއ. ފެސިނޭޝަން ގޭގައި ހިނގި މި އަލިފާނުގެ ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ ބޮޑުބައި ފިހިފައިވާއިރު އައިޖީއެމް ހޮސްޕިޓަލުން ވަނީ ވަގުތުން ފަރުވާ ދޭން ފަށާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވަން ދިމާވީ އެގޭގައި ބޭނުންކުރި ދޮންނަ މެޝިނެއްގައި ރޯވެގެންނެވެ. އެމްއެންޑީއެފްއިން ބުނެފައިވާ ގޮތުގައި އަލިފާނުގެ ރިޕޯޓެއް އައިސްގެން ފަޔާ އެންޑް ރެސްކިއު އެގެއަށް ދިޔައިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ރިޕޯޓުކޮށްފައިވަނީ ރޭ 8:00 އެހާކަށް ހާއިރު ކަމަށެވެ. މިހާދިސާގައި ފިހުނު މީހާގެ އިތުރު ތަފްސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.