Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ހަންގްޒޯ އަށް މޯލްޑިވިއަނުން އުދުހެން ފަށައިފި

ހަންޒޯއިން ރާއްޖެއައި ފުރަތަމަ ފުލައިޓަށް "ވޯޓާ ސެލިއުޓު" އަރުވަނީ: ފޮޓޯ -އެމްއޭސީއެލް

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ އިތުރު މަންޒިލަކަށް ދަތުރު ފަށައިފިއެވެ.

މިހާރުވެސް ޗައިނާގެ ހަ މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރުތައް ކުރާއިރު އަލަށް ދަތުރުކުރަން ފަށާފައިވަނީ ޗައިނާގެ ހަންގޯއަށެވެ. ހަންގްޒޯއިން މާލެ އައި ފުރަތަމަ ފުލައިޓަށް މަރުހަބާ ދެންނެވުމުގެ ގޮތުން "ވޯޓާ ސެލިއުޓެއްވެސް ވަނީ އަރުވާފައެވެ.

މި ފްލައިޓުން ވަނީ ރާއްޖެއަށް 200 ވަރަކަށް ފަތުރުވެރިން އައިސްފައެވެ. ދަތުރުވެރިންނަށް މަރުހަބާ ކިއުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަބްދުލް ހާރިސްގެ އިތުރުން ރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައިވާ އެމްބެސެޑަރުވެސް ވަނީ ވަޑައިގެންފައެވެ.

ހަންގްޒޯއަށް ހަފްތާއަކު އެއް ދަތުރު ކުރުމަށް މޯލްޑިވިއަން އިން ވަނީ ނިންމާފައެވެ.