Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ގަތުލު އާންމު ހުއްޓާލުމަށް ނެގި ވޯޓަށް ރާއްޖެ ހާޒިރެއް ނުވި

އ.ދ ގެ ރަސްމީ އެޖެންޑާގައި ތާވަލުކޮށް ނަސްލު ނެތިކުރުމާއި ގަތުލު އާންމު ހުއްޓުވުމަށް ނެގި ވޯޓުގައި ރާއްޖޭން ހާޒިރުނުވާ ކަން ހާމަވެއްޖެއެވެ.

ރާއްޖެއިން ވޯޓުގައި ބައިވެރިވެފައިނުވާއިރު ދެކުނު އޭޝިޔާއިން ވޯޓުގައި ބައިވެރިނުވަނީ ހަމައެކަނި ރާއްޖެއިންނެވެ. އ.ދ ގެ 72 ވަނަ ސެޝަނުގެ ރަސްމީ އެޖެންޑާގައި މި ވޯޓު ތާވަލުކޮށްފައިވާއިރު އައިޓެމް ފާސްކުރުމަށް 113 ގައުމަކުން ވަނީ ވޯޓު ދީފައެވެ.

އަދި އައިޓެމް ފާސްކުރުމާއި ދެކޮޅަށް 21 ގައުމަކުން ވަނީ ވޯޓު ދީފައެވެ. އޭގެ ތެރޭގައި ޗައިނާއާއި ޕާކިސްތާން ހިމެނެއެވެ. އައިޓެމް ފާސްކުރުމަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާއާއި، އަފްގާނިސްތާނާއި، ބަންގްލަދޭޝާއި، މެލޭޝިއާއާއި، މޮރޮކޯއާއި، ގަތަރާއި، ތޫނިސް އަދި ތުރުކީ ހިމެނެއެވެ.

މިޔަންމާރާއި ރަޝިޔާއާއި، ކިއުބާއާއި، ވެނެޒުއޭލާ އަދި ޒިމްބާބުވޭ ވަނީ މި އައިޓެމް ފާސްކުރުމާއި ދެކޮޅަށް ވޯޓުލާފައެވެ.