Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ބަނގުރާ ކައްކާ ސާމާންތަކަކާ އެކު މީހަކު ހައްޔަރުކޮށްފި

ފުލުހުން އަތުލައިގަތް ސާމާންތައް/ ފޮޓޯ ޕޮލިސް

ބަނގުރާ ކައްކަން ބޭނުން ކުރާ ސާމާންތަކަކާ އެކު ސ. ހިތަދޫން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ހިތަދޫ މަނިކު ދަނޑާއި ދިމާ ހުޅަނގު ފަރާތު ވަލުތެރެއިން ގިނަ ދުވަސްތަކެއް ވަންދެން ވަޅު ކޮނެގެން ބަނގުރާ ކައްކަމުން ދަނިކޮށް ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ފުޅި އާއި ބަނގުރާ ކައްކަން ބޭނުންވާ ސާމާން އަޅާފައި ހުރި ހަތް ހަމާ އެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އަދި އޭނާގެ ނަމެއް ހާމައެއް ނުކުރެއެ ވެ.

އައްޑޫގައި ފުލުހުން ކުރިއަ ށްގެންދާ ހާއްސަ އޮޕަރޭޝަނުގައި އެސްއޯ ފުލުހުން އާއްމު ރައްޔިތުންނަށް އަނިޔާ ކުރާ ކަމުގެ ޝަކުވާ ލިބިފައިވާކަމަށް އައްޑޫ މޭޔަރު ވަނީ ވިދާޅުވެފަ އެވެ. އަދި ފުލުހުން މި އޮޕަރޭޝަން ފެށި ފަހުން އައްޑޫގެ ކުށުގެ ވެށި ރަނގަޅުވެފައިވާ ކަމަށް އާންމު ރައްޔިތުން އަންނަނީ ބުނަމުންނެވެ.