Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ސިޓީ އަށް މޮޅެއް، ލިވަޕޫލަށް ނުތަނަވަސްކަން

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއަދި ވަޓްފޮޑް ބައްދަލުކުރި މެޗު 0-6 އިން ސިޓީ ކާމިޔާބުކޮށްފިއެވެ.

ސިޓީގެ ލަނޑުތައް ފެނިގެން ގޮސްފައިވަނީ އެގުއޭރޯ، ޖީސަސް، އޮޓަމެންޑީ އަދި ރަހީމް ސްޓާލިންގެ ފަރާތުންނެވެ. ރޭގެ މެޗުގައި އަގުއޭރޯ ހެޓްރިކް ހަދާފައިވާއިރު މެޗުގެ ފުރަތަމަ ދެ ލަނޑުވެސް ޖަހާފައިވަނީ އޭނާއެވެ. ތިންވަނަ ލަނޑު ޖީސަސް ޖަހާފައިވާއިރު އެސިސްޓު ކޮށްފަައިވަނީ އަގުއޭރޯއެވެ.

ހަތަރުވަނަ ލަނޑު އޮޓަމެންޑީ ޖަހާފައިވާއިރު ފަސްވަނަ ލަނޑު ޖެހީ އަގުއޭރޯއެވެ. 89 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލާފައިވަނީ ރަހީމް ސްޓާލިންއެވެ.

ރޭ ޕްރިމިއާ ލީގުގައި ލިވަޕޫލް އަދި ބާންލީ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-1 އިން ދެޓީމު އެއްވަރު ވެގެންނެވެ. 27 ވަނަ މިނެޓުގައި ބާންލީގެ އާފީލްޑް ލަނޑު ޖަހައި ލީޑު ނެގިއިރު ސަލާހް ވަނީ 30 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުގައި ބާކީ ކުޅުނު 60 މިނެޓުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއްނުވެއެވެ. ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަދި ސްވެންސީ ބައްދަލުކުރި މެޗުވެސް ނިމިގެން ގޮސްފައިވަނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ތާވަލުގެ ކުރިއަށް އެރުމަށް މި ދެޓީމަށް ލިބުނު ފުރުސަތުވެސް ވަނީ ގެއްލިފައެވެ.