Last Updated: June 19, 21:49
Friday, June 19, 2026
މުނިފޫހިފިލުވުން

"ނާކޮސް" ގެ ސްކައުޓެއް މެކްސިކޯގައި މަރާލައިފި

ނާކޮސް ސީޒަން 3 ގެ ލީޑު ރޯލުން ފެނިގެން ގޮސްފައިވާ ޕެޑްރޯ ޕަސްކަލް---

ނެޓްފްލިކްސްގެ މަޝްހޫރު ސީރީސް، "ނާކޮސް" ގެ ސީޒަން 4 ޝޫޓު ކުރާނެ ތަނެއް ބަލަމުން ދަނިކޮށް ޝޯގެ ލޮކޭޝަން މެނޭޖަރު، ކާލޮސް މުނޮޒް ޕޯޓަލް ބަޑި ޖަހައި މަރާލައިފިއެވެ.

އޭނާ ފެނިފައިވަނީ މެކްސިކޯގެ އެންމެ ހަމަނުޖެހުން ބޮޑު ސަރަހައްދު ތެރޭގައި ބަޑި ޖަހައި މަރާލާފައިވަނިކޮށެވެ. ބެލެވޭ ގޮތުގައި މުނޯޒް ޕޯޓަލް މަރާލާފައިވަނީ ކާރު ތެރޭގައެވެ. ކާރަށްވެސް ބަޑީގެ ވަޒަން އަރާފައިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

މެކްސިކޯއަށް ޕޯޓަލް ގޮސްފައިވަނީ ނާކޮސްގެ ސީޒަން 4 ފިލްމު ކުރާނެ ސަރަހައްދެއް ހޯދައި ފޮޓޯ ނެގުމުގެ މަސައްކަތް ކުރުމަށެވެ. ހަމަނުޖެހުން ބޮޑު، ސަލާމަތީ ބާރުތައް މަދު ސަރަހައްދެއްގައި ޕޯޓަލް ކެމެރާއެއް ހިފައިގެން އުޅުމުން ނޫސް ރިޕޯޓަރެއް ކަމަށް ހީކޮށް މަރާލީ ކަމަށް މެކްސިކޯގެ ނޫސްތަކުން ބުނެފައިވެއެވެ.

އެސަރަހައްދަކީ މިދިޔަ އަހަރުގައި 182 މަރުގެ މައްސަލަ ހުށައަޅާފައިވާ ސަރަހައްދެކެވެ.