ކޮކާ ކޯލާއިން ކަސްޓަމަރުންނަށް އިތުރު ލުޔެއް ދިނުމަށް "ކޯކް 2 ހޯމް" ގެ ނަމުގައި އެޕެއް ތައާރަފްކޮށްފިއެވެ.
ކޮކާ ކޯލާއަށް އޯޑަރު ދިނުމަށް ކޮންމެ ދުވަހަކު 1،000 އަށްވުރެ ގިނަ މީހުން ގުޅައެވެ. ކޮންމެ ފޯނު ކޯލަކަށް ޖަވާބު ނުދެވޭތީ ހުރިހާ އޯޑަރުތައް ނެގުމުގައި ދަތިކަން ކުރިމަތިވާ ކަމަށް ކޮކާ ކޯލާއިން ހާމަކޮށްފައިވެއެވެ.
ނަމަވެސް މި އެޕް ނެރުމާއެކު ގުޅައި އޯޑަރު ދިނުން ވަނީ މާޒީގެ ތެރެއަށް ވަދެގެން ގޮސްފައެވެ. ކޮކާ ކޯލާ އިން ބުނެފައިވަނީ ދެން އެއްވެސް ފަރާތަކުން ނުގުޅިގެން ނުވަތަ ގުޅާފަ ކިޔުގައި ހުންނާކަށް ނުޖެހޭނެ ކަމަށެވެ.
ނަމަވެސް މިވަގުތު މި އެޕް ބޭނުންކޮށްގެން އޯޑަރު ފުރިހަމަ ކުރެވޭނީ ހަމައެކަނި މާލޭ މީހުނަށް ކަމަށް ކޮކާ ކޯލާ އިން ހާމަކޮށްފައިވެއެވެ. އެހެން ނަމަވެސް މިޚިދުމަތް މުޅި ރާއްޖެއަށް ވަރަށް އަވަހަށް ފުޅާ ކުރާނެ ކަމަށްވެސް ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
މިއެޕްގެ ޒަރިއްޔާއިން އޯޑަރު ދިނުމުން 24 ގަޑިއިރު ތެރޭ އޯޑަރު ކުރި އެއްޗެއް ޑެލިވާ ކޮށްދެވޭނެއެވެ.