Last Updated: June 19, 21:49
Friday, June 19, 2026
ކުޅިވަރު

ފަހު ވަގުތު ޕޯލީނިއޯ ޖެހި ގޯލުން ބާސާއަށް މޮޅެއް

ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ގެޓާފޭ ކުޅުނު މެޗު ބާސާ ފަހަތުން އަރައި 2-1 އިން ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ގެޓާފޭއިންނެވެ. 39 ވަނަ މިނެޓުގައި ގަކޫ ޝިބަސާކީ ޖެހި ގޯލުން ގެޓާފޭ ވަނީ ފުރަތަމަ ހާފު ލީޑުގައި އޮވެ ނިންމާލާފައެވެ.

ނަމަވެސް ބާސެލޯނާއިން ވަނީ ދެވަނަ ހާފުގެ ފުރަތަމަ 15 މިނެޓު ތެރޭ ގޯލު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. 62 ވަނަ މިނެޓުގައި މި ލަނޑު ޖަހާފައިވަނީ ޑެނިސް ސުއަރޭޒްއެވެ.

މެޗުގެ ފަހު ފަސް މިނެޓު ތެރޭގައި ބާސާއިން ލީޑު ނެގީ މިސީޒަނުގައި އަލަށް ޓީމާއި ގުޅުނު ޕޯލީނިއޯ ޖެހި ގޯލަކުންނެވެ. މިމޮޅާއެކު ބާސާ ވަނީ އާސީޒަނުގައި ކުޅުނު 4 މެޗުން 12 ޕޮއިންޓާއެކު ލީގުގެ އެއްވަނަ ދަމަހައްޓާފައެވެ.