Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ޕެޓިޝަނުގައި ސޮއި ނުކުރާ ވަކީލުންނާ ބައްދަލު ކުރަނީ

ޝަރުޢީ ދާއިރާގެ އިސްލާޙަށް ގޮވާލައި ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނުގައި ސޮއި ނުކުރައްވާ ޤާނޫނީ ވަކީލުންނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވުމަށް ބައެއް ވަކީލުންނަށް މިހާރު ވަނީ ދައުވަތު ވެސް ފޮނުވާފައެވެ.

ޝަރުއީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ 54 ވަކީލަކު ސަސްޕެންޑްކުރުމަށް ނިންމާފައެވެ.

ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑް ކުރުމާއި ގުޅިގެން އީޔޫ އަދި އިނގިރޭސި ވިލާތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.