ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދް ފާރިސް މައުމޫންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބައްލަވާ ބެންޗަށް ހައި ކޯޓު ދެކުނު ގޮފީގެ ފަނޑިޔާރު ޝުޖާއު އުސްމާން ހަމަޖައްސައިފިއެވެ.
ފާރިސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު މައްސަލަ ބައްލަވާ ބެންޗް ބަދަލުކޮށްފައި ވާއިރު އެ މައްސަލައިގެ އަޑުއެހުންތައް ނިންމާފައިވާ ކަމަށް މީގެ ކުރިން އެ މައްސަލަ ބެއްލެވި ބެންޗުން ވަނީ ނިންމަވާފައެވެ.
މައްސަލަ ބައްލަވާ ބެންޗް ބަދަލުކޮށްފައި މިވަނީ އެ މައްސަލަ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ ސެކްޝަނަށް ބަދަލުކުރުމަށް ފަހުގައެވެ.
ފާރިސްގެ މައްސަލަ ބައްލަވާ ބެންޗްގައި މިހާރު ހިމެނިވަޑައިގަންނަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމާއި ފަނޑިޔާރު ޝުޖާއު އުޘްމާނެވެ.