ހިންދީ ޓީވީ ސީރިއަލްތަކުގައި އެކްޓް ކުރާ މަޝްހޫރު ދެ ތަރިން ކަމަށްވާ ޖޫހީ ޕަރްމާރް އާއި ސަޗިން ޝްރޮފް ވަރިވާން ނިންމަ އިފި އެވެ.
ދެހާސް ނުވަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކައިވެނި ކުރި މި ދެ ތަރިންގެ ކައިވެންޏަށް ސަމާއިރާ ނަމަކަށް ކިޔާ އެއް އަންހެން ދަރިފުޅަކު ލިބިފައިވާއިރު، ވަރަށް އަވަހަށް ވަރިވާން ކޯޓަށް ލާނެކަމަށް މަޢުލޫމާތު ލިބެ އެވެ.
ޖޫހީއަކީ ކުރީގެ މަޝްހޫރު ޓީވީ ސިލްސިލާ "ކުމްކުމް" ގެ ބަތަލާ އެވެ.
އެ ދެމަފިރިންގެ ވަރަށް އަރިސް ފަރާތަކާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓް ކުރާ ގޮތުގައި ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް ޖޫހީ އާއި ސަޗިން އާއި ދެމެދު މައްސަލަތައް ޖެހެން ފެށިއެވެ. އަދި އެމީހުންގެ ތަފާތުވުންތައް ބޮޑުވަމުން ދިޔަކަމަށާއި، މިހާރު އެ ތަފާތުވުންތައް ނައްތާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ފަރާތުން ބުނެއެވެ.
މީގެ އިތުރުން ޖޫހީ އާއި ސަޗިން ވަކިން ދިރިއުޅެމުންދާތާ މިހާރު އެއް އަހަރު ވަނީ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އެހެންކަމުން ވަރަށް އަވަހަށް ޖޫހީ ވަރިވުމަށް އެދި ސިޓީ ލާނެ ކަންވެސް ވަނީ އެނގިފައެވެ.

މިކަމާއި ބެހޭގޮތުން ޖޫހީ އަދި ސަޗިން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.
2011 ވަނަ އަހަރުގެ ތެރޭގައި ވެސް ޖޫހީ އާއި ސަޗިންގެ ކައިވެނި ރޫޅިދާނެ ކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފައެވެ. އެހެންނަމަވެސް އެއިރު އެ ދެމަރިފިން ވަނީ އެ ޚަބަރުތައް ދޮގުކޮށްފަ އެވެ.