ކައިވެންޏާ މެދު ވިސްނުމުގެ ކުރިން ކުރަން ބޭނުން އަދި ތަޖުރިބާ ކުރަން ބޭނުން ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ލަވަކިޔުންތެރިޔާ އަދި ބަތަލާ މައިލީ ސައިރަސް ބުނެފި އެވެ.
މައިލީ އާއި އޭނާގެ ލޯބިވެރިޔާ ކަމަށްވާ އެކްޓަރ ލިއާމް ހެމްސްވޯތު އުޅެނީ ވަރަށް ލޯބިންނެވެ. މައިލީ އާއި ލިއާމް ރައްޓެހިވީ 2009 ވަނަ އަހަރު އެވެ. އެހެންނަމަވެސް 2013 ވަނަ އަހަރު ރުޅިވުމަށްފަހު އަނެއްކާވެސް 2014 ވަނަ އަހަރު އެ ދެމީހުން ވަނީ ގުޅިފައެވެ.
"އަހަރެން ކައިވެންޏާއިމެދު ނުވިސްނަން. އަހަންނަށް އުމުރުން 24 އަހަރު. އަހަރެން އުންމީދު ކުރަނީ އަދި ތަންކޮޅެއް އިތުރަށް ދިރިއުޅެވޭނެ ކަމަށް. ކައިވެނި ކުރުމުގެ ކުރިން އަހަރެން ކުރަން ބޭނުން ބައިވަރު ކަންތައްތައް އަދި އެބަހުރި"، މައިލީ ބުނެއެވެ.
މައިލީގެ ހުރީ އޭނާގެ ދިރިއުޅުމުގައި ކަންތައްތައް ކުރިއަށްދާ މިންވަރު ރަނގަޅުކަމާއިމެދު "ހައިރާން" ވެފައެވެ.
މެގަޒިންއަކަށް ދިން އިންޓަވިއުއެއް ގައި މައިލީ ބުނެފައި ވަނީ މީގެ ތިން އަހަރު ކުރިން މީހަކު އޭނާ ކައިރީ އޭނާ މިހާރު ހުންނާނީ ލިއާމް އާއިއެކު ވަރަށް އުފަލުގައޭ ބުނިނަމަ ޤަބޫލު ނުކުރެވޭނެ ކަމަށެވެ. އެކަމަކު މިހާރު ހަޤީގަތުގައި ވެސް އޭނާގެ ދިރިއުޅުން ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމަށާއި، ލިއާމް އާއި އެކުގައި އުޅުމުން އޭނާގެ އަމިއްލަ ނަފްސު ވެސް އިތުރަށް ތަރައްޤީ ކުރެވުނު ކަމަށް މައިލީ ބުނެއެވެ.